ބަނގުރާ ވިއްކުމުގެ ހުއްދަށް ދިނުމުގެ އެއްވެސް ކަހަލަ ވާހަކެއް ނުދައްކަން- ރައީސް ނަޝީދު

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަށް ދޭކަށް އެއްގޮތަކަށްވެސް ނުފެންނަ ކަމަށާއި އަދި ބަނގުރާ ވިއްކުމުގެ ހުއްދަށް ދިނުމުގެ އެއްވެސް ކަހަލަ ވާހަކެއް ނުދައްކާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ތޮއްޑޫ އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އެމަނކުފާނު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
“އެހެންނަމަވެސް ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން.” ރައީސް ނަޝީދު ވިދާޅުވިއެވެ
ނަޝީދުގެ މިވާހަކަފުޅާ ގުޅުވައިގެން ބައެއް ދީނީ އިލްމްވެރިންނާއި ސިޔާސީ ބޭފުޅުން ދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ