ވަގުތު ޕޯލް: މުލަކު ދާއިރާ - އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީ ޖުހައިނާ ، ވާދަކުރައްވަނީ އެމްޑީޕީ އިބްރާޙިމް ނަސީރު

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު"، ޚިޔާލު ހޯދުމުގެ ވޯޓުގެ، މުލަކު ދާއިރާގެ ނަތީޖާ ދައްކާގޮތުން، އެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ، ޕީއެންސީން ވާދަކުރައްވާ، ކެންޑިޑޭޓު ނަމްބަރ 4، މަރިޔަމް ޖުހައިނާ ސޯދިގުއެވެ.
ޖުހައިނާއަށް، 230 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 40.14 އިންސައްތަ ވޯޓެވެ.
ޖުހައިނާ އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ އިބްރާހިމް ނަސީރުއަށް ބިވަޑައިގަތީ 169 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 29.49 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި އެ ދާއިރާއަށް ހަ ބޭފުޅުން ވާދަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ