ޔާމީން، އަމީތު އަދި މުހައްމާގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުން މަޖިލިސް އިންތިޚާބުގައި މަޑުއްވަރީ ދާއިރާ އަށް ވާދަކުރި ވެލިދޫ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ޔާމީނާއި، މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އަމީތަށް އިންތިޚާބު ނާކާމިޔާބުވެއްޖެއެވެ. އަދި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި މިހާރު އެދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ވެސް އިންތިޚާބު ވަނީ ނާކާމިޔާބުވެފައެވެ.
އަމީތު އިންތިޚާބުގައި ވާދަކުރީ ޖޭޕީގެ ޓިކެޓްގައެވެ. ޔާމީން އިންތިޚާބުގައި ވާދަކުރީ އެމްޓީޑީގެ ޓިކެޓްގައެވެ. މުހައްމާ އިންތިޚާބުގައި ވާދަކުރާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. މުހައްމަދު އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ