ޔާހޫއާއި ފޭސްބުކްގެ ޕެޓެންޓް މައްސަލަ ދޫކޮށްލައި، އެކުގައި އިސްތިހާރު ކުރަން ނިންމައިފި

ޔާހޫއާއި ފޭސްބުކްގެ ޕެޓެންޓް މައްސަލަ ދެފަރާތުންވެސް ދޫކޮށްލުމަށްފަހު، ދެފަރާތުން އެކުގައި އިސްތިހާރު ކުރަން ނިންމައިފިއެވެ.
ޔާހޫ އާއި ފޭސްބުކްއިން އެމީހުންގެ 10 ޕެޓެންޓް އެއް ކޮޕީ ކޮށްފައިވާ ކަމަށްބުނެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ ވޭތުވެދިޔަ މާޗް މަހުގައެވެ. ނަމަވެސް ޔާހޫ އެ ތުހުމަތު ކުރާ ޕެޓެންޓްތަކަކީ ފޭސްބުކްއިން އައިބީއެމްއިން ގަނެފައިވާ 750 ޕެޓެންޓްގެ ތެރެއިން ބައެއް ކަމަށް ބުނާ ފޭސްބުކުންވެސް ވަނީ ކޯޓުގައި އެމައްސަލަ ޖައްސާފައެވެ.
ނަމަވެސް މިހާރު އެ ދެ ކުންފުނިން ވަނީ އެއްބަސްވުމަކަށް އައިސް، މުސްތަގުބަލުގައި ދެ ކުންފުނި އެކީ ގުޅިގެން މަސަތްކަތް ކުރާނެ ކަމަށް ވަނީ ހާމަ ކޮށްފައެވެ.
ޔާހޫއިން މައުލޫމާތު ދޭ ގޮތުގައި ޔާހޫގެ ސީއީއޯ ވަކިކޮށް ވަގުތީގޮތުން ސީއީއޯ ކަމާ ހަވާލުވި ރޮސް ލެވިންސަން ވަނީ، މަގާމު ލިބުމާ އެކު މިމަސައްކަތް ފަށާފައެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ފޭސްބުކްގެ ޗީފް އޮޕަރޭޓިނގް އޮފިސަރ ޝެރިލް ސޭންޑްބާގް ވެސް އެކަމަށް ޝައުގުވެރިވެ މަޝްވަރާތަށް ފެށީ ކަމަށްވެސް ޔާހޫއިން މައުލޫމާތު ދެއެވެ.
ޔާހުއިން ނެރުނު ބަޔާނެއްގައި ލެވިންސަން ބުނެފައި ވަނީ، ފޭސްބުކްއާއެކު ޕާޓްނާޝިޕްއެއް ހެދުމަށް ޔާހޫއިން ކެއްމަދުވެފައިވާ ކަމަށެވެ. އަދި ފޭސްބުކްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވި ޝެރިލްއާއި އޭނާގެ ޓީމުން ކުރި ބުރަ މަސައްކަތަށް ޝުކުރުވެރިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މި އެއްބަސްވުމާ ގުޅިގެން ލެވިންސަންއަށް ޔާހޫގެ ސީއީއޯ ކަމުގެ މަގާމު ދާއިމީގޮތަކަށް ކަށަވަރު ވެގެންދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ލެވިންސަންއާއެކު އެ މަގާމަށް ވާދަކުރަމުން އައި މަޝްހޫރު ހުލޫ ވެބްސައިޓް ހިންގާ ޖޭސަން ކިލާ ވަނީ މި އެގްރީމެންޓްގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައުމުން ޔާހޫއިން މަގާމު ހުށަހެޅި ނަމަވެސް ގަބޫލް ނުކުރާނެ ކަމަށް ބުނެފައެވެ.
ފޭސްބުކްއިންވަނީ 550 މިލިއަން ޑޮލަރުށް 650 ޕެޓެންޓް މައިކްރޯސޮފްޓްއިން ގަނެ އިތުރު 275 ޕެޓެންޓްއަކަށް ލައިސަންސް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ