އުސްފަސްގަނޑަށް މިރޭ ވެސް ފުލުހުން އަރައިފި

އެމްޑީޕީން ސިޔާސީ ހަރަކާތްތައް ބާއްވަމުން އަންނަ އުސްފަސްގަނޑަށް މިރޭ ވެސް ފުލުހުން އަރައިފި އެވެ.
އުސްފަސްގަނޑަށް އަރާފައިވަނީ ވިއްސަކަށް ސްޓާފޯސް ފުލުހުންކަމަށާއި އެމީހުން އުސްފަސްގަނޑުތެރެއިން ހިނގާލުމަށް ފަހު އެނބުރިދިޔަ ކަމަށް އެތަނުގައި ހުރި ސީއެންއެމުގެ ޖާނަލިސްޓް ބުންޏެވެ.
އޭނާ ބުނީ ފުލުހުން އުސްފަސްގަނޑަށް މިރޭ ވެސް އަރާފައިވަނީ ހުޅަނގުކޮޅުން ކަމަށާއި ހުޅަނގުން އިރަށް ހިނގާފައި ގޮސް އެނބުރި ދިޔައިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށެވެ.
"ފުލުހުން އެއްކޮޅުން އަނެއްކޮޅަށް ހިނގާލާފައި ފައިބައިގެން ހިނގައްޖެ. އެއްގޮތަކަށް ވެސް ނޭނގޭ އެމީހުންގެ މަގުސަދެއް. ހީވަނީ ކޮންމެވެސް ބަޔަކު ހޯދަން ނުވަތަ ކަމެއް ސާފުކުރަން އުޅެނީކަމަށް،" ޖާނަލިސްޓް ބުންޏެވެ.
ފުލުހުން އުސްފަސްގަނޑަށް މިރޭ ވެސް އަރާފައިވާކަމަށް ފުލުހުން ވަނީކަށަވަރުކޮށްދީފަ އެވެ. ރޭ 10:45 ހާއިރު އުސްފަސްގަނޑު ކައިރިން ދިޔަ ފުލުހުންގެ ވެހިކަލެއް ހުއްޓުވާ އެއަށް ގާ އުކާ ހެދިކަމަށް ބުނެ ފުލުހުން އެ މައުލޫމާތު ހާމަކުރި ފަހުން ރޭ ވެސް ވަނީ ފުލުހުންގެ ފައުޖެއް އުސްފަސްގަނޑަށް އަރާފަ އެވެ. ފުލުހުން އުސްފަސްގަނޑަށް އަރައި އުޅުމަށް ފަހު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ