ކާރަކުން ޖެހި އަނިޔާވި މީހަކަށް ފަރުވާދެނީ، ހާލު ސީރިއަސް

ކާރަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.
“ވަން އޮންލައިން”އަށް އެނގިފައިވާ ގޮތުގައި އަނިޔާވެފައިވަނީ މެދު އުމުރުގެ އަންހެނަކަށެވެ. މި މީހާގެ ބޮލަށް އަނިޔާވެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭގޮތުގައި މިއަދު އިރުއޮއްސުނު ވަގުތުގައި ހިނގި މި އެކްސިޑެންޓުގައި ޒަހަމްވި އަންހެން މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް ޑޮކްޓަރުން ލަފާ ކުރެއެވެ. މިމީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ.
ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ