މިދިޔަ އަހަރު ކޯޓުގައި 2399 ކައިވެނި ކުރި އިރު 1192 ވަރި ކޮށްފައިވޭ

2021 އަހަރު ފެމެލީ ކޯޓުގައި 2399 ކައިވެނި ކޮށްފައިވައި އިރު އެ އަދަދުގެ ދެބައި ކުޅަ އެއްބަޔާ އެއްވަރު އަދަދެއްގެ ވަރިވެސް މިދިޔަ އަހަރު ކޮށްފައި ވާކަމަށް ފެމެލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ފެމެލީ ކޯޓުގައި 2399 ކައިވެންޏެއް ކޮށްފައި ވާއިރު 1192 ވަރި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ކައިވެނި ކުރި ނިސްބަތަށް ބަލާއިރު އެއީ އެވްރެޖްކޮށް ދުވާލަކު 3 ކައިވެންޏެވެ. ވަރިއަށް ބަލާނަމަ އެއީ ކައިވެނި ކުރި އަދަދުގެ 50 ޕަސެންޓް ވަރިއެވެ. އެހެންކަމުން މިދިޔަ އަހަރު ކޯޓުގައި ކުރި ވަރި ކައިވެންޏަށް ބަލާއިރު އެ ދެމެހެއްޓުނީ 50 ޕަސެންޓް ކައިވެންޏެވެ.
މިދިޔަ އަހަރު ފެމިލީ ކޯޓަށް އެކި ބާވަތުގެ ޖުމްލަ 2408 މައްސަލަ ހުށަހެޅިއިރު، ކުރީ އަހަރުތަކުން ނުނިމި 2021 އަށް ދެމިގެން އައި 660 މައްސަލައާ އެކު ޖުމްލަ 3068 މައްސަލަ އޮތެވެ. އޭގެ ތެރެއިން އަަހަރު ނިމުނުއިރު ޖުމްލަ 2615 މައްސަލަ އެއް ވަނީ ނިންމާފައެވެ. އަދި ނުނިމޭ 453 މައްސަލައެއް އެބައޮތެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކި މައްސަލަތަކާ ގުޅިގެން 59 މިލިއަން ރުފިޔާ ކޯޓަށް ޖަމާކޮށްފައި ވެސް ވެއެވެ.
ރާއްޖެ އަކީ އާބާދީ އާއި ބަލާއިރު މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ