ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 120،000 އަރައިފި

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް ނެގި ސާމްޕަލްތަކުގެ ތެރެއިން 2707މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޖުމްލަ 7681 ސާމްޕަލް ނަގާފައިވާއިރު ޕޮޒިޓިވްވި މީހުން ތެރެއިން 1420 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.
ރަށްރަށުން 761 މީހުން ޕޮޒިޓިވްވި އިރު ރިސޯޓްތަކުން ޕޮޒިޓިވްވީ 94 މީހުންނެވެ. މިމީހުންގެ އިތުރުން މި 24 ގަޑިއިރު ތެރޭގައި ސަފާރީތަކުން 3 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ 404 މީހުން ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.
މިހާތަނަށް 270 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ