އެންމެ ބޮޑެތި މުޙައްދިޘުންނާ ޢިލްމުވެރިން އުފެއްދުމުގަ އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ހިތްވަރުގަދަ މައިން!: ޑރ. އިޔާޟް

"އިސްލާމް ދީނުގައި އުފެދުނު އެންމެ ބޮޑެތި މުޙައްދިޘުންނާއި ޢިލްމުވެރިން އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާފައިވަނީ އެބޭކަލުންގެ ހިތްވަރުގަދަ މައިން." ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނުގައި އަނހެނުންނަށް އޮތް މަތިވެރި މަޤާމާއި އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި އަންހެނުން ހޯދާފައިވާ މަތިވެރި މަޤާމްވެސް ޑރ. އިޔާޟް ވަނީ ފާހަގަކުރައްވައިފައެވެ!
"ޙަދީޘް ޢިލްމުވެރިންނާއި ފިޤްހް ޢިލްމްވެރިންނާއި ތަފްސީރު ޢިލްމުވެރިންނާއި ބަހުގެ ޢިލްމުވެރިންނާއި ޝާޢިރުންނާއި އަދަބުގެ ފުންނާބު އުސްބޭކަލުންނާއި އެކިއެކި ފަންނުތަކުގެ ޢިލްމުތަކަށް އަރާތިއްބެވި އުންމަތުގަ ފަޚުވެރި ކަނބަލުން އެބަ ތިއްބެވި!"
"އިސްލާމް ދީން ވަނީ އަނހެނުންނަށް ޢިލްމު އެނގެނެން ފަރުޟު ކުރައްވަވާފައި!"
"އިސްލާމީ ތާރީޚަށް ނަޒަރު ހިންގާއިރު އެތައް ބައިވަރު އަނހެން ޢިލްމުވެރިން އިސްލާމީ ތާރީޚު ދެކެފައިވޭ!"
"އަންހެނުންނަށް އެއްވެސް މިންވަރަކަށް އަނިޔާވެރިވުން އިސްލާމް ދީން ވަނީ ނަހީ ކުރައްވަވާފަ!"
"އިސްލާމް ދީނުގައި ވަނީ އަންހެނުން މާތް ކުރައްވަވާފައެވެ. މިމާތްކުރެއްވެވެވުމުގައި އަންހެނުންނާއި ފިރިހެނުން ވަނީ ހަމަހަމަ ކުރައްވަވާފައެވެ!"
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން އެތައް ބައިވަރު ޝައިޚާއިން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ! ދަރިންނަށް ޤުރްއާން އުނގަންނައިދޭން އެންމެ ބޮޑު މަސައްކަތްކެއް ކުރަނީ މައިންނެވެ. ދަރިން މިސްކިތަށް ގެންގޮސް ގެނެސް ހަދާ މައިންވެސް މަދެއް ނޫނެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ