ފުވައްމުލަކު މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުލްހާ އަލީ ސަސްޕެންޑު ކުރަން ނިންމީ އޭނާއާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށާއި، އެކަމާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެކިތަކުގެ ސަބަބުން، މެޖިސްޓްރޭޓްގެ މަގާމުގައި ދެމިހުރެއްޖެނަމަ ތަހުގީގަށް ދިމާވެދާނެ ހުރަހަކަށް ރިއާއަތްކޮށް ކަމަށެވެ.
އެހެންކަމުން، އެ ތަހުގާގީ ގުޅިގެން، މުލްހާ އަލީ 60 ދުވަހުގެ މުއްދަތަށް މެޖިސްޓްރޭޓްގެ މަގާމުމް ވަގުތީ ގޮތުން ދުރުކުރަން ނިންމާފައިވާކަމަށް ޖޭއެސްސީން މިއަދު ބުނެފައިވެ އެވެ.
މުލްހާއާ ގުޅޭގޮތުން ހަތަރު މައްސަލައެއް ބަލަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
ފުރަތަަމަ މައްސަލަ އަކީ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި ފަރާތްތަކާމެދު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
ދެވަނަ މައްސަލަ އަކީ ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖާކޮށް ގޮތެއް ނިންމި ކަމަށް ބުނާ މައްސަލައެވެ.
މުލްހާ އާ ގުޅޭގޮތުން ބަލާ އަނެއް ދެ މައްސަލަ އަކީ އޭނާގެ އާއިލީ ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ފުލުހުން ހިންގި ތަހުގީގެއްގައި ހެކި ނައްތާލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ