ތިނަދުށް އުދައަރައި ރައްޔިތުންނަށް އުނދަގޫތަކެއް

ގދ. ތިނަދުއަށް އުދައަރައި އެ ރަށު ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ. ގދ. އަތޮޅު ކައުންސިލްގެ މެންބަރު ތަމްދީހް މުހައްމަދު 'ސަން' އަށް ވިދާޅުވީ، މިއަދު ދިޔަވަރު ބޮޑުވީއްސަރުން އެ ރަށަށް އުދައަރަމުން އަންނަ ކަމަށާއި ނަމަވެސް މި ވަގުތައް އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައި ކަމަށެވެ. "މިއަދު އުދައެރީ ގަނޑީގައި ޑިންގީއެއް ވެސް އަޑިއަށް ދިޔަ. ދެން އަނެއްކާ ވެސް މިރޭ ދިޔަވަރު ބޮޑުވާ ގަޑިއަށް އުދައަރާނެ ކަމަށް ބެލެވެނީ،" ތަމްދީހް ވިދާޅުވިއެވެ. މާދަމާ އަކީ ވެސް ދިޔަވަރު އާދަޔާ ހިލާފަށް ބޮޑުވާނެ ދުވަހެއްކަން ފާހަގަކުރައްވައި ތަމްދީހް ވިދާޅުވީ، ދިޔަވަރު ބިޑުވާ ގަޑީގައި އެހެން ދުވަސްތަކާ ހިލާފަށް މާދަމާ ތަންކޮޅެއް ބޮޑަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. https://twitter.com/fernandoayya/status/1279725793216610304 ތިނަދުއިން ވާހަކަ ދެއްކި މީހަކު ބުނީ، އެ ރަށަކީ އެހެން ރަށްތަކާ ހިލާފަށް ފަސްގަނޑު ތިރި ރަށެއް ކަމަށާއި މިދިޔަ އަހަރުން ފެށިގެން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެ ރަށަށް އާންމުކޮށް އުދަ އަރަމުން އަންނަ ކަމަށެވެ. "އިރުމަތީ ފަރާތުން މި އުދަ އަރަނީ. މިއަދު ވެސް ގާތްގަނޑަކަށް 200 ވަރަކަށް ފޫޓަށް ހުރި އުދަ އަރާފައި،" އޭނާ ކިޔައިދިނެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އޮޑި ދޯނި ފަހަރު ގެންގުޅޭ މީހުން ތިބެން ޖެހެނީ އެކަމަށް ސަމާލުވެ ކަން ފާހަގަކޮށް އޭނާ ބުނީ، މިރޭ ދަންވަރު ދިޔަ ބޮޑު ވާއިރު އޮޑިވެރިން ތިބެން ޖެހޭނީ ހޭލައި ކަމަށެވެ. "އިރުމަތިން ރޯޅި ބާރުވެލާއިރަށް އާންމުކޮށް މި ރަށަށް އުދަ އަރާނެ. މި ކަމުގެ ހައްލަކީ ބޭރުތޮއްޓެއް ލުން. އެހެން ނޫނީ މިކަމެއް ހައްލެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ