ރައީސް ނަޝީދު، މާލެ ވަޑައިގެން ކަރަންޓީނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. 
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދު މާލެ ވަޑައިގަންނަވާފައިވާ ކަމަށެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ކަރަންޓީނުގައި ކަމަށް ބުންޏެވެ. 
ރާއްޖެއިން ބޭރުން އައިސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ. 
ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މަޖިލީހުގެ ދައުރު ދެމެދު ޗުއްޓީއާ ދިމާކޮށް ނުރަސްމީ ދަތުރުފުޅެއްގައެވެ. އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ