އިތުބާރު ކުރެވޭމަގާމެއްގައި ހުރި މީހަކު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ނޯތް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދެވެ. ކުޑަ ކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ އެފަދަ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެހެން ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވާން ފަށައިފަ އެވެ. ދާދި ފަހުން ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެ، އެ މައްސަލަތަކާ ގުޅިގެން މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ