ލަންދޫގައި މަގުމަތީ ބާޒާރެއް ބާއްވަނީ

ނ. ލަންދޫ ގައި މަގުމަތީ ބާޒާރެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
ވިޔަފާރި ކުރާ ހަ ފިހާރަ އާއި ސައި ހޮޓަލެއް ހުންނަ ލަންދޫ ކައުންސިލްގެ ރައީސް މުހަންމަދު ފަޔާޒް ވިދާޅުވީ، އެ ރަށުގައި ނައިޓް މާކެޓެއް ބާއްވަން ނިންމުމުން ސްޓޯލްތައް ބެހެއްޓުމަށް އެރަށުގެ ވިޔަފާރިވެރިން މިހާރު ނަން ނޯޓު ކުރަން ފަށާފައިވާ ކަމަށެވެ.
"މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ މީހުން އަންނަނީ ނަން ނޯޓް ކުރަމުން އޭގެ ތެރޭގައި އާންމުންނާއި، ވިޔަފާއިވެރިން،" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 900 އެއްހާ މީހުން އުޅޭ ރަށުގައި ވިޔަފާރި ބާޒާރެއް ބާއްވަނީ އަލަށެވެ. ކައުންސިލުން ބުނީ ލަންދޫ ބާޒާރުގައި 40 މޭޒު ބަހައްޓާނެ ކަމަށާއި ބާޒާރު ތިން ދުވަހަށް ކުރިޔަށް ގެންދާނެ ކަމަށެވެ. ބާޒާރު ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ހިމަނާފައިވާ ބާޒާރުގައި އެ ރަށުގެ ކޮންމެ މީހަކަށް ވެސް މޭޒު ބެހެއްޓޭނެ ކަމަށާއި މޭޒު ބަހައްޓަން އަގެއް ނުނަގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ