ރައީސް އޮފީހުގެ އެޑްވައިޒަރ ކަމުގެ މަޤާމަށް ސަންދާން ލުޠުފީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރު ކަމުގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެއޮފީހުގެ އެޑްވައިޒަރ ކަމުގެ މަޤާމަށް ހަމަޖެއްސެވީ ދަފްތަރު ނަންބަރު 5197 އަލްފާޟިލް އިބްރާހީމް މޫސާ ލުޠުފީ ކަމަށެވެ.
ސަންދާން ލުތުފީގެ ނަމުން މަޝްހޫރުވެފައިވާ އިބްރާހިމް މޫސާ ލުތުފީއަކީ ރާއްޖެއަށް އިސްލާޙީ ބަދަލްތައް ގެނައުމަށް މީގެ އަހަރުތަކެެއް ކުރިން ފެށިގެން މަސައްކަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ.
ކެނެރީގޭ ނަޝީދުގެ ވެރިކަމާއި ދެކޮަޅަށް ސޯޝަލް މީޑިޔާގައި ކެންޕޭންތަކެއް ހިންގާފައިވާ ސަންދާން ލުތުފީގެ އާއިލާއަށް ނަޝީދުގެ ވެރިކަމުގައި ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ލުޠުފީ ވިދާޅުވެއެވެ.
ރައީސުލްޖުމުހޫރިއްޔާގެ އެޑްވައިޒަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި މިއީ ގައުމަށް ކަމެއް ކޮށްދެއްވުމުގެ މަގުސަދު ނަންގަވާ ޒިންމާއެއް ކަމަށް ސަންދާން އިބްރާހިމް ލުތުފީ މިއަދު ވަނީ ވިދާޅުވެފައެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވީނިއުސްއާ މައުލޫމާތު ހިއްސާ ކުރައްވަމުން ލުތުފީ ވިދާޅުވީ، މިވަގުތު ގައުމަށް ބޭނުންވަނީ އިންވެސްޓްމަންޓުތައް ރާއްޖެ ގެނެސް ގައުމު އާރާސްތުކުރުން ކަމަށާއި މުހިންމު ކަމަކީ މިވަގުތު ގައުމު އާރާސްތުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް އެހީތެރިވުން ކަމަށެވެ.
ސަރުކާރުގައި ބަޖެޓްނެތި އަނެއްކާވެސް އެޑްވައިޒަރެއްގެ މަގާމު އުފެއްދެވި ގޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ ތަރުޖަމާުނު އަައްބާސް އާދިލް ރިޒާ ވިދާޅުވީ، ލުތުފީއަކީ ދުނިޔޭގެ ވަރަށް ގިނަ ޖަމާއަތްތަކުގެ ކުރިމަތީގައި މަޝްހޫރު ބޭފުޅެއް ކަމަށާއި މިއީ މިދަނޑިވަޅުގައި ދުނިޔެއަށް ދިވެހިރާއްޖެއިން ޑިމޮކްރަސީއަށް ހުރަސް އެޅުމަށް މަސައްކަތް ނުކުރާކަން ސާބިތު ކޮށްދިނުމަށް މިއީ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ