އަހަރެންނަށްވުރެ ފައިސާ ގިނަ ބިލިއަނަރަކީ ކާކު؟ އަހަރެންފަދަ ތަނަވަސްކަން ލިބިގެންވާ ބިލިއަނަރަކަށްވުމަށް ހުރިހާ މުސްލިމުންނަށް ދައުވަތު ދެން!

އަހަރެން މިވާހަކަ މިދައްކަނީ ވަރަށް ބޮޑަށް ފަޚުރުވެރިވެ ހުރެގެންނެވެ. އެއީ އެއަމަލެއް ކުރުމުން އަހަރެންގެ ތަނަވަސްކަން އެންމެ ބޮޑަށް އިތުރުވެ ހިތްހަމަޖެހުން ލިބެމުންދާނެ ޢަމަލުކަން އެނނގެން އޮތް އަމަލުކުރުންމަތީގައި އަހުރެން ދެމިހުރީތީއެވެ.
ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ 3 ވަނައިގައި އުޅެނީ 106 ބިލިއަން ޑޮލަރާއިއެކު ބިލް ގޭޓްސް އެވެ. 2 ވަނައިގައި އުޅެނީ 111 ބިލިއަން ޑޮލަރާއިއެކު ޖެފް ބެޒޮސްއެވެ. ދުނިޔޭގެ ހުރިހާ ބިލިއަނަރުންނަށްވުރެ މުއްސަނދިކަމުގައި 1 ވަނަ ހޯދައިގެން މިހިރީ އަހަރެންނެވެ.
އެއީ އެއީ އަހަރެން ފަތިސް ނަމާދުގެ އިހުސުންނަތްކުރާތީއެވެ. ފަތިސް ނަމާދުގެ އިހުސުންނަތުގެ އަގު ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑުވުމުންނެވެ.
ބޭނުން ނަމަ ތިބާއަށްވެސް އަހަރެން ފަދަ މުއްސަންޖަކަށް ވެވިދާނެއެވެ! އެކަމަށް ދައުވަތުވެސް ދެމެވެ. ދުނިޔޭގެ އެންމެން އަހަރެން ފަދަ މުއްސަންޖަކަށްވީނަމަވެސް އަހަރެންނަށް ހަމަ އެންމެ ނިޢްމަތެއްވެސް މަދެއްވެސް ނުވާނެއެވެ! ވީމާ ތިބާވެސް އަހަރެން ފަދަ އެންމެ މުއްސަނދި މީހަކު ކަމުގައިވެފައި ހުރިހާ ރައްޓެހިންނަށް ދައުވަތުދީ މުއްސަނދިކުރުވާށެވެ!
ޤަބޫލުކުރަން އުނދަގޫވަނީ ހެއްޔެވެ؟ ކިޔައިލާށެވެ!
'Aishah (May Allah be pleased with her) reported:
The Prophet (ﷺ) said,
"The two Rak'ah before the dawn (Fajr) prayer are better than this world and all it contains."
[Muslim]
Another narration goes: "The two Rak'ah before the dawn (Fajr) prayer are dearer to me than the whole world."
Sunnah.com reference : Book 9, Hadith 112
Arabic/English book reference : Book 9, Hadith 1102
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ