އިއްޔެ ދެއްވި މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރަކަށް އިއްޔެ އައްޔަން ކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އެ މަގާމުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ. އޭނާ ރައީސް އޮފީހުގެ މުޝީރަކަށް އައްޔަން ކުރީ އިއްޔެ އެވެ. އެހެން ނަމަވެސް، ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ދާދި ދެންމެއަކު ސޯޝަލް މީޑިއާގައި އިއުލާން ކުރެއްވި ގޮތުގައި އާދަމް ނަސީރު ވަނީ މިހާރު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ސަބަބެއް ވިދާޅެއް ނުވެ އެވެ. ރައީސް އޮފީހުން އޭރު ބުނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.މިފަހުން އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންނަށް އިސް މަގާމުތައް ފަހުން ދެއްވާފައި ވެއެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާ ވެސް ރައީސް އޮފީހުގެ މަގާމަކަށް ވަނީ އައްޔަންކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ