ލަންޑަން (ޖުލައި 22) - ސްވިޒަލެންޑްގެ މިޑްފީލްޑަރު، ގްރޭނިޓް ޝަކާ، އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް، ހޯސޭ ނޮގޭރާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މީގެ ދެ އަހަރު ކުރިން، އާސެނަލް ދޫކޮށް ބަޔާ ލެވަކޫސަނަށް ޝަކާ، 32، ބަދަލުވީ 25 މިލިއަން ޑޮލަރުގެ ފީ އަކަށް ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވަ އެވެ.
އާސެނަލްގައި ޝަކާ ވަނީ ހަތް އަހަރު ހޭދަކޮށް، އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ލެވަކޫސަނަށް ބަދަލުވެ، އެ ކްލަބުގައި ހޭދަކުރި ދެ ސީޒަން ތެރޭ، 99 މެޗު ކުޅެދިން ޝަކާ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހޯދިއިރު، އެ ޓީމުގެ ތާރީހުގައި ފުރަތަމަ، ޖަރުމަނު ލީގު ތަށި ވެސް ހޯދި އެވެ.
މިދިޔަ ދެ ސީޒަނުގައި ލެވަކޫސަނަށް ކޯޗުކޮށްދިން ޒަބީ އަލޮންސޯ އެ ޓީމު ދޫކޮށްލާފައިވާއިރު، ޝަކާއާ އެކު، އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް އަންނަނީ އެހެން ކްލަބްތަކާ ގުޅެމުންނެވެ. އެ ގޮތުން، ޝަކާ، ވެސް މިހާރު އަންނަނީ އެހެން ކްލަބްތަކާ ވާހަކަ ދައްކަމުންނެވެ.
ނޮގޭރާ ބުނީ، ޝަކާ ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް ބަދަލުވުމަށް ކަމަށާއި މި ވަގުތަށް ބަލާއިރު، އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި، ސަންޑަލެންޑާ އެކު އެއްބަސްވުމެއް ހަދަން ޝަކާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސައުދީ ލީގުގެ ނިއޯމް އިން ޝަކާ ހޯދަން މަސައްކަތް ކުރި އެވެ. އެކަމަކު، ޝަކާ ކިޔާ މުސާރަ ބޮޑުވުމުން އެ ޑީލް ކުރިއަށްނުދިޔަ އެވެ.
ޝަކާ އަލުން ޕްރިމިއާ ލީގަށް އަންނަން ބޭނުންވެއްޖެ ޝަކާ އަލުން ޕްރިމިއާ ލީގަށް އަންނަން ބޭނުންވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ