ސްކޫލު ބޮޑު ޗުއްޓީ ފެށިއްޖެ

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަދު ރިޕޯޓު ފޮތް ދިނުމާ އެކު، ދަރިވަރުންގެ އަހަރީ ބޮޑު ޗުއްޓީ ފެށިއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ވެސް މިއަދު ވަނީ ރިޕޯޓު ފޮތް ދީފަ އެވެ.
ތަފްސީލް - ތައުލީމީ ތަފާސްހިސާބުތަކަށް ބަލާއިރު:
މިދިޔަ އަހަރު ރާއްޖޭގެ ސްކޫލުތަކުން 96،000 ދަރިވަރުން ތައުލީމް ހާސިލް ކުރި
އެއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް
އޭގެ ތެރޭގައި ހިމެނެނީ 42،700 ފިރިހެން ކުދިންނާއި 40،300 އަންހެން ކުދިން
ސްކޫލުތަކުގައި 12،000އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައިދިން
ސްކޫލު ބޮޑު ޗުއްޓީއަށް މި ފަހަރު މަހަކަށް ވުރެ ގިނަ ދުވަސް ލިބޭނެ އެވެ.
ދިރާސީ އާ އަހަރުގެ ކަލަންޑަރަށް ބަލާއިރު:
އާ އަހަރުގެ ކިޔެވުން ދެން ފެށޭނީ 7 އޭޕްރީލްގައި
ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ 24 ޖުލައިގައި
ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ 10 އޮގަސްޓުގައި
މިޑް ބްރޭކް 21 ސެޕްޓެމްބަރުގައި
ދިރާސީ އަހަރު ނިމި، ބޮޑު ޗުއްޓީ ފަށާނީ 28 ޑިސެމްބަރުގައި
އެނގުން މުހިއްމު - މި އަހަރުގެ ބޮޑު ޗުއްޓީއަށް ސްކޫލުތައް ބަންދު ކުރުމާ އެކު، ގިނަ ބަޔަކު މިހާރު އަންނަނީ ޗުއްޓީއަށް ރަށްރަށަށް ދިޔުމަށް ތައްޔާރުވަމުންނެވެ. ބޮޑު ޗުއްޓީ ދިމާވަނީ ރޯދަ މަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ