ނަސްރުގެ ދުވަހަށް ފަރިތަކުރުމުގެ ގޮތުން މިރޭ މާލޭގައި ބަޑިޖަހާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ، މިރޭ ކުރިއަށްގެންދަން ހަމަޖެހިފައިވާ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ ބްލޭންކް ރައުންޑްގައި ބަޑިޖަހާނެ ކަމަށެވެ.
މި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ، މިރޭ 20:15އާއި 22:00 އާ ދެމެދު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަަނަ ދުވަހު ދިވެހި ހަ ހާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
ނަސްރުގެ ދުވަހަށް ފަރިތަކުރުމުގެ ގޮތުން މިރޭ މާލޭގައި ބަޑިޖަހަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ