ހަނާއާއި އެކު 13 ގައިދީއަކު ގާރީ ކޯސް ފުރިހަމަކޮށްފި

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ 13 ގައިދީއަކު ގާރީ ކޯސް ފުރިހަމަކޮށްފި އެވެ.
މިއަދު ސެޓްފިކެޓް ހާސިލްކުރި 13 ގައިދީން ނިންމާފައިވަނީ ގާރީ ކޯސް ލެވެލް އެކެކެވެ. މި ކޯހުގައި ޖުމްލަ 28 ގައިދީއަކު ބައިވެރިވި އެވެ.
ގައިދީންނަށް ސެޓްފިކެޓް ހަވާލުކުރީ މިއަދު މާފުށީގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. މިރަސްމިއްުޔާތު ޝަރަފުވެރިކޮށްދެއްވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކަރެކްޝަންސްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ގާރީ ކޯސް ފުރިހަމަކުރި ގައިދީންގެ ތެރޭގައި ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލުމާއި ގުޅިގެން މަރަން ހުކުމްކޮށްފައިވާ ށ. ގޮއިދޫ، ރިހާބް، ފާތިމަތު ހަނާ ވެސް ހިމެނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ލެވެލް ތިނެއް އިލެކްޓްރިޝަން ކޯހާއި ޕެސްޓް އެންޑް ޑިޒީސް ކޮންޓްރޯލް ކޯހާއި ފްލާވާ ސްޓޮކިން ހެދުމުގެ ކޯހަކާއި ކުދި ދޯނި ހެދުމުގެ ކޯސް ނިންމި ގައިދީންނާއި ޕްރިޒަން އޮފިސަރުންނަށްވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ