ތަމްރީނު ހަދަނިކޮށް ނިޔާވި އޮފިސަރުގެ ހަނދާންއާކޮށްފި

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒް (ސީޑީއެސްއެސް)ގެ އެންސީއޯ އެކެޑަމީގައި އެންސީއޯ ކެރިއަރ ކޯސް 19-2 ފުރިހަމަކުރަމުންދަނިކޮށް ނިޔާވި ސްޓާފް ސާޖަންޓް ޢަލީ ރިޔާޟްގެ އާއިލާއަށް ކޯހުގެ ދަރިވަރުންގެ ފަރާތުންނާއި އެންސީއޯ އެކެޑެމީގެ ފަރާތުން ހަނދާނީ ފިލައަކާއި ކޯސް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
Advertisement
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް)ގެ އެންސީއޯ އެކެޑަމީގައި އެންސީއޯ ކެރިއަރ ކޯސް 19-2 ފުރިހަމަކުރަމުންދަނިކޮށް ނިޔާވި ސްޓާފް ސާޖަންޓް ޢަލީ ރިޔާޟްގެ ޙަނދާން އާ ކޮށް، އޭނާގެ އާއިލާއަށް ކޯހުގެ ދަރިވަރުންގެ ފަރާތުންނާއި އެންސީއޯ އެކެޑެމީގެ ފަރާތުން ހަނދާނީ ފިލައަކާއި ކޯސް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ފިލައާއި ސެޓްފިކެޓް ސްޓާފް ސާޖަންޓް ޢަލީ ރިޔާޟްގެ އާއިލާއާ ހަވާލުކޮށްދެއްވީ "އެންސީއޯ ކެރިއަރ ކޯސް 19-2" ދަސްވެނިމުމަށް މިއަދު ގިރިފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ކޮމާންޑިން އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދެވެ. އާއިލާގެ ފަރާތުން މި ފިލައާއި ހަވާލުވެލެއްވީ ސްޓާފް ސާޖަންޓް ޢަލީ ރިޔާޟްގެ ދަރިފުޅުު މުޙައްމަދު ރަޢޫމް ރިޔާޟް އެވެ.
މި ރަސްމިއްޔާތުގައި ސްޓާފް ސާޖަންޓް ޢަލީ ރިޔާޟްގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.'
"އެންސީއޯ ކެރިއަރ ކޯސް 19-2" ދަސްވެނިމުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓާފް ސާޖަންޓް ޢަލީ ރިޔާޟްގެ ގެ އަނބިކަނބަލުން ވަނީ ބައިވެރިވެލައްވާފައެވެ.
އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރެއްވި ސްޓާފް ސާޖަންޓް ޢަލީ ރިޔާޟް ނިޔާވެފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ސްޓާފް ސާޖަންޓް ޢަލީ ރިޔާޟް ނިޔާވީ އެ ދުވަހުގެ ހެނދުނު ހުޅުމާލޭގައި އޮތް ފިޒިކަލް ފިޓްނަސް ޓެސްޓެއް ފުރިހަމަކުރުމަށް ފަހު ގިރިފުއްޓަށް ގޮސް އުޅުމުގެ ތެރޭގައެވެ.
ދ.ކުޑަހުވަދޫއަށް އުފަން ސްޓާފް ސާޖަންޓް ޢަލީ ރިޔާޟް ސިފައިންގެ ޚިދުމަތާ ގުޅިލައްވާފައި ވަނީ 2003 ފެބްރުވަރީ 18 ވަނަ ދުވަހުގައެވެ. ސިފައިންގެ ޚިދުމަތުގައި ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް ހޭދަކުރެއްވި 16 އަހަރާއި 7 މަހާއި 17 ދުވަހުގެ ތެރޭގައި، މިނިވަން ފަންސާހުގެ މެޑަލް، ސާރކް ސަމިޓް މެޑަލް، ސިފައިންގެ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ އަދި ހުނަރުވެރިކަމުގެ ކުލަ އާއި އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް ވެސް ވަނީ ލިބިފައެވެ. އުމުރުން 36 އަހަރުގެ ސްޓާފް ސާޖަންޓް ޢަލީ ރިޔާޟަކީ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުތަކުގައި ސިފައިން ތަމްރީނު ކުރުމުގައި އެތަކެއް މަސައްކަތްތަކެއް ކުރައްވާފައިވާ މުދައްރިބެކެވެ.
ސްޓާފް ސާޖަންޓް ޢަލީ ރިޔާޟް ފުރިހަމަކޮށްފައިވާ ތަމްރީނުތަކާއި ކޯސްތަކުގެ ތެރޭގައި 43 ވަނަ އަސާސީ ތަމްރީނު ކޯސް، ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ (އެސްޓީއެފް)، އެންސީއޯ ކާޑަރ ކޯސް، ވެޕަން އިންސްޓްރަކްޓަރ ކޯސް، ވެޕަން އިންސްޓްރަކްޓަރ ރިފްރެޝަރ ކޯސް، ސާޖަންޓް ކޯސް ހިމެނެވެ. މީގެ އިތުރުން އިންޑިއާއިން ޖޫނިއަރ ކޮމްބެޓް ލީޑަރ ކޯސް ވެސް ވަނީ ފުރިހަމަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ