ޔާމީން ފަސް އަހަރު ކުރެއްވީ ކާމިޔާބު ވެރިކަމެއް: ޖަމީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ވިދާޅުވީ ރައީސް ޔާމީނަށް ދަޢުވާކުރީ އެމްޑިޕީ އާއި ސަރުކާރުގެ ނާޤާބިލްކަން ފޮރުވަން ކަމަށާއި 400 ދުވަސް ޔާމީން ޖަލުގައި، ސަރުކާރުގެ ލާއިންސާނީ އަނިޔާ ތަޙައްމަލްކުރައްވައިފި ކަމަށެވެ.
"ހަސަދަވެރިކަން ހައްދުންނެއްޓި، ދެމުންދާ އަނިޔާ ހުއްޓާލަންޖެހޭ. 5 އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ" ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ދަޢުވާކުރީ އެމްޑިޕީ އާއި ސަރުކާރުގެ ނާޤާބިލްކަން ފޮރުވަން. 400 ދުވަސް ޖަލުގައި، ސަރުކާރުގެ ލާއިންސާނީ އަނިޔާ ތަޙައްމަލްކުރައްވައިފި. ހަސަދަވެރިކަން ހައްދުންނެއްޓި، ދެމުންދާ އަނިޔާ ހުއްޓާލަންޖެހޭ. 5 އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ pic.twitter.com/fPEmt7r6JU
— Mohamed Jameel Ahmed (@MJameelAhmed) January 4, 2021
2019 ވަނަ އަހަރުގެ ފަހުކޮޅު ޔާމީން ފަސް އަހަރަށް ޖަލަށްލީ މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ.
ނަމަވެސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ