މާލޭގެ ހަތަރު ގެ އެއް ބަލައިފާސްކޮށް، ޑްރަގާއެކު އަންހެނަކާއި ތިން ފިރިހެނުން ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުުހުން ބުނީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މައްޗަންގޯޅި ގެއަކާއި ގަލޮޅު ގެއެއްގެ އިތުރުން މާފަންނު ގެއަކާއި މާފަންނުގައި ހުރި ގެސްޓު ހައުސްއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ތިން ކޮތަޅާއި، ބޮޑު ހަ ރަބަރު ޕެކެޓާއި، 33 ރަބަރު ޕެކެޓާއި ފޮއިލް ކޮޅަކާއި ސެލޯފިންކޮޅެއްގެ އިތުރުން ފިލްމު ހުސްކުރި 10 ދަޅާއި ބަނގުރާ ފުޅިއަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި 31 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.
މި މައްސަލައާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީ ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހު މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ