16 ޔުނިވާސިޓީއާ އެކު ގްލޯނެޓް އެޑިއުކޭޝަން ފެެއާ ފަށައިފި

ސޯޅަ ޔުނިވާސިޓީއާ އެކު ގްލޯނެޓް އެޑިއުކޭޝަން ފެެއާ ފަށައިފި އެވެ. ނެޝެނަލް އާޓް ގެލެރީގެ ހޯލުގައި އިއްޔެ ފެށި އެ ފެއާ އިފްތިތާހްކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ގްލޯނެޓުން ބުނީ އެ ފެއާ މިއަދު ވެސް ހަވީރު ފަހަކުން ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. ގްލޯނެޓުން ބުނީ އެ އެޑިއުކޭޝަން ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުގެ ޓިއުޝަން ފީ އިން 10 ޕަސެންޓާ 50 ޕަސެންޓާ ދެމެދު އަދަދަކުން ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ޓިއުޝަންފީ އިން ޑިސްކައުންޓް ހޯދުމަށް އެދި އެ ފެއާގައި އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވެސް ގްލޯނެޓުން ބުންޏެވެ. އިއްޔެ ފެށި ގްލޯނެޓް ފެއާގެ ތެރެއިން --- ފޮޓޯ: ގްލޯނެޓް ގްލޯނެޓުން ބުނީ އެ ފެއާގައި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހަށް ހިނގާ ހަރަދުގެ މައުލޫމާތު ދިނުމާއި އަދި ވިސާ ހޯދުމާއި އެކޮމެޑޭޝަންގެ މައުލޫމާތުދީ އެޕްލިކޭޝަންތައް ބަލައިގަތުމުގެ އިތުރުން ޕްލޭސްމަންޓް ލެޓާގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށެވެ. ފެއާގައި ބައިވެރިވާ ޔުނިވާސިޓީތައް މޮނާޝް ޔުނިވާސިޓީ، މެލޭޝިޔާ ޔުނިވާސިޓީ އޮފް ނޮޓިންގްހަމް، މެލޭޝިޔާ ދަ ވަން އެކަޑަމީ، މެލޭޝިޔާ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއާލަލަންޕޫރު، މެލޭޝިޔާ އޭޝިއާ ޕެސިފިކް ޔުނިވާސިޓީ އޮފް ޓެކްނޮލަޖީ އެންޑް އިނޮވޭޝަން، މެލޭޝިޔާ ސެގީ ޔުނިވާސިޓީ، މެލޭޝިޔާ މާސާ ޔުނިވާސިޓީ، މެލޭޝިޔާ މެލެކާ، މަނީޕާލް މެޑިކަލް ކޮލެޖް، މެލޭޝިޔާ އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ، މެލޭޝިޔާ ބްރިކް ފީލްޑްސް އޭޝިއާ ކޮލެޖް، މެލޭޝިޔާ ޓޭލާސް ޔުނިވާސިޓީ މެލޭޝިއާ، މެލޭޝިޔާ ޔޫސީއެސްއައި ޔުނިވާސިޓީ، މެލޭޝިޔާ ސަންވޭ ޔުނިވާސިޓީ، މެލޭޝިޔާ ސަންވާ ކޮލެޖް، މެލޭޝިޔާ ގްރިފިތް ކޮލެޖް، ރިޕަބްލިކް އޮފް އަޔަލެންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ