ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާއަށް ރޭ ވަޑައިގެންފި އެވެ.
ރައީސް ނަޝީދާއެކު ރައީސް އޮފީހުގެ މިނިސްޓަރު ކެރަފާ ނަސީމް އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތެވެ.
އެ ބޭފުޅުން ވަނީ ސްރީލަންކާގައި މިއަދު ބާއްވާ އޭޝިޔާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން މީޓިންގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ލަންކާގައި ކެމްޕެއިން ކުރުމުގެ މަސައްކަަތް މި ދަތުރުފުޅުގައި ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިރޭ ލަންކާގައި އެމްޑީޕީގެ ޖަލްސާއެއް ވެސް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ