އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް ގާއިމުކުރަން މަސައްކަތް ކުރާނަން : ނަޝީދު

އއ. އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އުކުޅަސް ހިމެނޭ ތޮއްޑޫ ދާއިރާއަށް އެމްޑީޕީން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ހަސަން ޝިޔާންގެ ކެމްޕެއިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތަކީ އެމްޑީޕީގެ އެޖެންޑާ 19އާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި ޒާތީގޮތުން ގުޅުންހުރި ކަމަކަށް ވާތީ ކުރަން ބޭނުންފުޅުވެގެން ކުރައްވާ ކަމެއް ކަމަށެވެ
"އަޅުގަނޑުމެންގެ ސަރުކާރުގައި އެއަށްވުރެ ފުކެއް ބޮޑު ތަނެއް އައްޑޫ ހިތަދޫގައި އެޅިން. ހަމަ އަޅައި ނިމުނީ ވެރިކަން ވައްޓާލައިފި. ރައީސް ޔާމީން ވަޑައިގެން އެތަން ތަޅާލައިފި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮންވެންޝަން ސެންޓަރާއެކު އެރަށުގެ ގެސްޓްހައުސް ވިޔަފާރިއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ކޮންވެންޝަން ސެންޓަރާއެކުގައި މިހާރު މިހުރި ގެސްޓް ހައުސްތަކަށް މީހުން އަންނަ އަދަދު، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިހާރު ތިބޭފުޅުންގެ ގެސްޓް ހައުސްތަކުގައި އޮކިއުޕެންސީ ރޭޓް ހުންނާނީ 50 އެއްހާ ޕަސެންޓުގައި. މި ކޮންވެންޝަން ސެންޓަރު ހެދުނީމަ އެ އަދަދު މާ މައްޗަށް އަރައިގެން ދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ