ގިނައަދަދެއްގެ ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި

ބިދޭސީއެއް އަތުން ބައިލައްކަރުފިޔާ ފޭރިގަތް މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
މިއަދު މެންދުރު 12:15 ހާއިރު، ލަންސިމޫ ގޯޅިން ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު ވަނީ ބައިލައްކަ ރުފިޔާ ފޭރިގަނެފައެވެ. އެނާ ފޭރިފައިވަނީ ހެލްމެޓް އަޅައިގެން ގޮސް، ތޫނު ހަތިޔާރާއެކު ބިރު ދައްކައިގެން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އެނާ ހައްޔަރުކޮށް ފައިސައާއި ހެލްމެޓު ވެސް އަތުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ