ސަޓާ އެވޯޑްސްއަށް މިހާރު އޮންލައިންކޮށް ކުރިމަތިލެވޭނެ

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ އެވޯޑްސް)އަށް އޮންލައިންކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެވޯޑް ނައިޓް އިންތިޒާމް ކުރާ ފަރާތް ކަމަށްވާ ހައިރައިޒުން ބުނީ އޮންލައިންކޮށް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެެވެ. ނަން ހުށައެޅުމުގެ ފުރުަސަތު ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
މިއަހަރުގެ މިއެވޯޑުގައި 10 ސެގްމަންޓަކުން 37 ކެޓަގަރީއަކުން އެވޯޑް ދިނުަމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި އެވޯޑަށް 500 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލާނެ ކަމަށް ބެލެވެ އެވެ. މީގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިޓީ ހޮޓާ، ރިސޯޓް އަދި ސަފާރީ އުޅަނދުތައް ހިމެނެ އެވެ.
މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގެ ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު ސްރީލަންކާގަ އެވެ.
މިއެވޯޑް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގަ އެވެ. އަދި އެއަށްފަހު 2017 ވަނަ އަހަރު އައްޑޫ ސިޓީގެ އެކުއާ ވިލެޖްގައި ބޭއްވުމަށްފަހު މިދިޔަ އަހަރު އެވޯޑް ދިނުމުގެ ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ ތާޖް ހޮޓެލްގަ އެވެ.
އެވޯޑް ބޭއްވި ތިން ފަހަރުވެސް ރާއްޖެއަށް ވަނީ ފާހަގަކުރެވޭ ކާމިޔާބީތަކެއް ލިބިފަ އެވެ. މީގެތެރޭގައި ތިން ފަހަރުވެސް ރާއްޖޭގެ ރިސޯޓަކަށް ވަނީ ލީޑިން ޑައިވިން ރިސޯޓް ލިބިފަ އެވެ. މީގެއިތުރުން ލީޑީން ބީޗް ރިސޯޓް، ލީޑިން ބޮޓިކް ހޮޓެލް ރިސޯޓް، ލީޑިން އޯލް އިންކްލޫސިވް ރިސޯޓް ފަދަ ހާއްސަ އެވޯޑްތައް ރާއްޖޭގެ ރިސޯޓް، ގެސްޓްހައުސްތަކަށް ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ