ކީރިތި ޤުރްއާނުގެ އައު ދިވެހި ތަރުޖަމާ އާންމުކޮށް ނެރުއްވައިފި

ސަރުކާރުން ތަރުޖަމާކުރައްވާފައިވާ ކީރިތި ޤުރްއާނުގެ އައު ދިވެހި ތަރުޖަމާ މިރޭ އާންމުކޮށް ނެރުއްވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް، ކީރިތި ޤުރްއާނުގެ އައު ދިވެހި ތަރުޖަމާ އާންމުކޮށް ނެރެދެއްވީ، ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގަ އެވެ. ކީރިތި ޤުރްއާންގެ އައު ތަރުޖަމާ ނެރެދެއްވެމުގެ ގޮތުން، މިރޭ ޖަލްސާ އަށް ވަޑައިގެންނެވި އާންމުންނަށާއި ކީރިތި ޤުރްއާން ތަރުޖަމާކުރެއްވުމުގެ އެކި މަރުހަލާގައި ބައިވެރިވެވަޑައިގެންނެވި ތަފާތު ބޭފުޅުންނަށާއި ދައުލަތުގެ ވަޒީރުންނާއި އެ ފެންވަރުގެ އެހެން ބޭފުޅުންނަށް ރައީސް މައުމޫންގެ އަތްޕުޅުން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގެ ކޮޕީއެއް ހަދިޔާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ