މަޖިލީސް އިންތިހާބުގައި ލިބޭ ވޯޓުގެ އަދަަދަށް ބަލައި ޕާޓީތަކަށް ފައިސާ ދޫކުރަން ވިސްނަނީ

މަޖިލީސް އިންތިހާބުގައި ލިބޭ ވޯޓުގެ އަދަަދަށް ބަލައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ވިސްނަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "ސަން" އަށް މިއަދު ވިދާޅުވީ އެ އިސްލާހާ މެދު ގޮތެއް ނިންމުމަށް މިހާރު ޕާޓީތަކަށް އެކަން ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިސްލާހުތަކާ މެދު ގޮތެއް ނިންމުމުން އެ އިސްލާހުތައް އަންނަ މަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެގޮތަށް ނިންމީ ދުނިޔޭގެ އެހެންގައުމުތަކުގައި ވެސް ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ މެމްބަރުންގެ އަދަދަށް ބަލާފައި ނޫން ކަމަށެވެ. އަދި ބެސްޓް ޕްރެކްޓިސްއަށް ބަލާއިރު ވެސް ޕާޓީތަކަށް އޮންނަ ސަޕޯޓް އެންމެ ބޮޑަށް ފެންނަނީ ވޯޓުގެ އަދަދުން ކަމަށް އޭނާ ވިދާޅުވި އެވެ. ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 65 ގޮނޑި، ޖުމްހޫރީ ޕާޓީ އަށް ފަސް ގޮނޑި އަދި ޕީޕީއެމް، ޕީއެންސީ އަށް އަށް ގޮނޑި އަދި އެމްޑީއޭ އަށް ދެ ގޮނޑި ވަނީ ލިބިފަ އެވެ. އިންތިހާބުގެ ވޯޓުގެ ނިސްބަތަށް ބަލާ އިރު އެމްޑީޕީ އަށް 96,354 ވޯޓު، ޖުމްހޫރީ ޕާޓީއަށް 23,452 ވޯޓު އަދި ޕީޕީއެމްއަށް 19,176 ވޯޓު ވަނީ ލިބިފަ އެވެ. މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ގެނައި ބަދަލުގެ ދަށުން ފައިސާ ދޫކުރަނީ ހަމައެކަނި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 ހަމަވަނީ އެމްޑީޕީ އަދި ޕީޕީއެމް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ