ގެއަކުން ދުން އަރާތީ ސިފައިން ހަރަކާތްތެރިވަނީ

މާފަންނު ގެއަކުން ދުން އަރާތީ އެ ގޭގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. ދުން އަރަމުންދަނީ މާފަންނު ސްލީކްވިލާގެ ހަތަރުވަނަ ފަންގިފިލާއިންނެވެ.
އެމްއެންޑީއެފުން ބުނީ މާފަންނުގެ ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ސިފައިން ގޮސް އެ ގޭގެ ތެރޭގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
އަދި ބޮޑަށް ލަފާކުރެވެނީ ދުން އަރަމުންދަނީ ކަރަންޓް ޝޯޓެއްގެ ސަބަބުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މިވަގުތު އެ ގޭގައި ސްޓެލްކޯގެ މުވައްޒިފުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ގޭގެ މަތިން ކޮންމެވެސް ވަރަކަށް ދުން އަރާތަން ދަނީ ފެންނަމުންނެވެ.
ތަފްސީލް އަންނަނީ--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ