ރާއްޖެ އައި ފަލަސްތީނު ޓީމުގެ ފުރަތަމަ މެޗް މިރޭ

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗްގެ ތެރެއިން ކުޅޭ ފުރަތަމަ މެޗް މިރޭ ކުޅެން ނިންމައިފި އެވެ.
ރާއްޖެ އާއި ފަލަސްޠީނުގެ ޒުވާން ޓީމްތައް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ދެވަނަ މެޗް އޮންނާނީ މާދަމާ ރެ އެވެ. މި ދެ މެޗް ވެސް ކުޅޭނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ. މެޗް ފަށާނީ 8:30 ގަ އެވެ.
View this post on Instagram
A post shared by FAM (@maldivesfa)
އެފްއޭއެމުން ބުނީ މި ދެ މެޗްގެ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެތަނުގެ މޮބައިލް ނަމްބަރު 7507006 އަށް ވައިބާ/ ވަޓްއަޕް މެދުވެރިކޮށް މެސެޖުކޮށްގެން ވެސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އަދި ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން މިއަދު ހެނދުނު 9:00 ގައި ވަނީ ޓިކެޓް ވިއްކަން ފަށައިފަ އެވެ. އެގޮތުން މަޖީދީމަގު އޮލިމްޕަސް ކުރިމަތީ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށެވެ.
މެޗުތްކުގެ ސްވެނިއާ ޕްލެޓިނަމް ޓިކެޓެއްގެ އަގަކީ 1،000ރ. އެވެ. އަދި ސްވެނިއާ ގޯލްޑް ޓިކެޓެއްގެ އަގަކީ 500ރ. އެވެ. ޖުމްލަ 50 ސްވެނިއާ ޕްލެޓިނަމް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެވެ. ޖުމްލަ 200 ސްވެނިއާ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާ އިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.
View this post on Instagram
A post shared by FAM (@maldivesfa)
މެޗުތަކުގެ ސްވެނިއާ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭމުން ބުންޏެޗެ. ކަމަށް އެފްއޭއެމްއިން ބުނެއެވެ.
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނީ ދިވެހި ސަރުކާރުންނެވެ. އެގޮތުން މި މަހުގެ 19 އާ ހަމައަށް ފަލަސްޠީނުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު އެ ޓީމު ތައްޔާރުވަމުން އަންނަނީ މި މަހުގެ 22-30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ