ޒަކާތް ބަލައިގަންނަން ޚާއްސަ ވަކި ސޮފްޓްވެއާއެއް ހަދަނީ
މުޅި ރާއްޖޭގައި ފައިސާއިން ފިތުރު ޒަކާތް ބަލައިގަންނަން ބޭނުންކުރާނެ ސްފޮޓްވެއާއެއް ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފިއެވެ. އެ އިއުލާނުގައި ވަނީ، މިއީ ޒަކާތު ހައުސްގެ ބޭނުމަށް ހަދާ ސްފޮޓްވެއާއެއް ކަމަށެވެ. އެ ކަމަށް ބީލަން ހުށަހަޅަން ހުޅުވާލީ، ވިޔަފާރި ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އެ ކަމަށް ޝައުގުވެރިވާ މީހުން އަންދާސީ ހުށަހަޅަން ރަޖިސްޓްރީކުރަން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ސޮފްޓްވެއާ ހަދައިދޭން ޝައުގުވެރިވާ މީހުންނަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވެވެނީ އޮންލައިން ފޯމު މެދުވެރިކޮށެވެ. ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ދީފައި ވަނީ، އަންނަ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. ހަމައެހެންމެ، އަންދާސީ ހިސާބުގެ މައުލޫމާތު ސާފުކުރުމަށް ފަހު، މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފައެވެ. އެ ހިސާބު ހުށަހެޅުން އޮތީ މިމަހު 26 ވަނަ ދުވަހުގެ 11:00ގައެވެ. ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި, މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި މިދިޔަ އަހަރު ވަނީ ވަކި އިދާރާއެއް އުފައްދާފައެވެ. މިދިޔަ އަހަރު ފާހަގަ ކުރެވުނީ ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަދަދު ވަރަށް ބޮޑަށް އިތުރުވި ކަމެވެ. https://sun.mv/203820 އެގޮތުން، ޒަކާތް ދެއްކި މިންވަރު އާދަޔާ ޚިލާފަށް އިތުރުވީ، ހަރުދަނާ، ރަނގަޅު އަދި އިތުބާރު ހުރި ނިޒާމެއް ގާއިމުކުރެވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ