އެމްއައިބީ އާއި ކްރޮސްރޯޑްސްއިން މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ކްރޮސްރޯޑްސް މޯލްޑިވްސް ގުޅިގެން މުރަކަ އާލާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރީ މުރަކަ އިންދުމަށް ހަމަޖެހިފައިވާ ފަޅުގެ ކަނޑުއަޑީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން:
އެމްއައިބީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ
ކްރޮސްރޯޑްސްގެ ފަރާތުން ސައި ލެގޫން އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެކްޒެންޑާ ޓްރައިގާ
ތަފްސީލް - އެމްއައިބީން ބުނި ގޮތުގައި:
މި ޕްރޮގްރާމް ހިންގާނީ ކްރޮސްރޯޑްސްގެ ފަޅުތެރޭގައި
އެމްއައިބީ ފަރުގެ ނަމުގައި ފަރެއް ގާއިމްކުރާނެ
ކަނޑުއަޑީގައި މި ރަސްމިއްޔާތު ބޭއްވީ، އެމްއައިބީން ބުނި ގޮތުގައި، ރާއްޖޭގެ ތިމާވެށި އަދި މުރަކަތަކުގެ މުހިންމުކަމާއި މުރަކަތަކުގެ ބޭނުންތެރިކަން އަންގައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ