ސިދާންތާއި ތަމަންނާގެ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި
ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރުވެދީ ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ބައޮޕިކްގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލައިފިއެވެ. "ވީ ޝަންތަރަމް"ގެ ނަމުގައި އުފައްދާ މި ފިލްމަކީ އިންޑިއާގެ ސިނަމާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކުރީގެ އެކްޓަރު/ފިލްމު ޕްރޮޑިއުސަރު ވީ ޝަންތަރަމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ "ބްރީތު"، "ވަޒީރު" އަދި "ޓެބަލް ނަމްބާ" ފަދަ ފިލްމުތަކުގައި ސްކްރީން ރައިޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޝިރިޝް ދޭޝްޕާންޑޭއެވެ. މި ފިލްމުގެ ވާހަކަ ވެސް ލިޔެފައިވަނީ ދޭޝްޕާންޑޭއެވެ. ޝަންތަރަމް ބާބޫގެ ނަމުން އިންޑިއާގެ ސިނަމާގައި މަޝްހޫރުކަން ހޯދި މި ޝަހްސަކީ މަރާޓީ ފިލްމު އިންޑަސްޓްރީއަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެކެވެ. ސިދާންތު ޗަތުރުވެދީ އަދި ބަތަލާ ތަމަންނާ ބާޓިއާ--ފޮޓޯ/ބޮލީވުޑްހަންގާމާ ވީ ޝަންތަރަމަ ސިނަމާއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އޭނާގެ 116 ވަނަ އުފަންދުވަހު ގޫގަލްއިން ވަނީ 'ގޫގަލް ޑޫޑަލް"އެއް ވެސް އިންޑިއާގެ ފްރަންޓް ޕޭޖްގައި ޝާއިއުކޮށްފައެވެ. ސިދާންތާ އެކު މި ބައޮޕިކްއިން ބަތަލާ ތަމަންނާ ބާޓިއާ ފެންނާނެކަން ވެސް ދާދިފަހުން ވަނީ އިއުލާނުކޮށްފައެވެ. ސިދާންތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ސެޕްޓެންބަރު މަހު ރިލީޒްކުރި ފިލްމު "ދަޅަކް 2"އިންނެވެ. ސިދާންތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ސަންޖޭ ލީލާ ބަންސާލީގެ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ "ދޯ ދިވާނޭ ޝެހެރް މޭ"އިންނެވެ. މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ މްރޫނާލް ތާކުރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ