ތަފާތު އެކި ދާއިރާތަކުގައި އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ދޭ ރެހެންދި އެވޯޑު 15 ފަރާތަކަށް ދީފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑް ހާސިލުލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދް އެވެ.
ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް އޮންނަނީ މައިގަނޑު 2 ކެޓަގަރީއެކެވެ. އެގޮތުން، ވަކި ވަކި އަންހެންނުންނާއި، ޖަމިއްޔާ ޖަމާއާތްތަކަށް އެވޯޑު ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުއްޔާ ޖަމާއަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއް ހިމެނެއެވެ. އެއީ
މި ހަފްލާގައި ތަފާތު އެކި ދާއިރާތަކުން ކަނބަލުން މި އެވޯޑަށް ކުރިމަތިލައްވާފައިވާއިރު 2024 ވަނަ އަހަރު ރެހެންދި އެވޯޑަށް 22 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ.
މި ފަރާތްތަކުގެ ތެރެއިން ރެހެންދި އެވޯޑު ހާސިލުކުރައްވާފައިވަނީ 5 ފަރާތަކުންނެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރު ރެހެންދި އެވޯޑަށް 28 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. އަދި މި ފަރާތްތަކުގެ ތެރެއިން ރެހެންދި އެވޯޑު ހާސިލްކޮށްފައި ވަނީ 10 ފަރާތަކުންނެވެ.
އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
ލީޑާޝިޕް އަދި ގަވާނަންސްގެ ދާއިރާ
އާންމުކޮށް އަންހެނުންކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ
އިގްތިސަާދީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ
ކޮންމެ އަހަރަކުވެސް ދެމުން ގެންދާ ރެހެންދި އެވޯޑަކީ މުޖުތަމައު އާއި ގައުމުގެ ތަރައްގީގެ ލާބަ އާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.
ރެހެންދި އެވޯޑު ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ގައުމީ ހިދުމަތަށް އިތުރު އަންހެނުން ހިއްސާ އިތުރުކުރުމުގެ އިތުރުން، އާ ދާއިރާތައް ތައާރަފުކޮށް، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ރާއްޖޭގައި ދިރިއުޅެން އުނދަގޫވާ ވަރަށް ފުލުހުން މަސައްކަތްކުރާނެ އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ “ފަންނީ އުފާ” ތުލުސްދޫގައި! މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި 205 އުޅަނދު ޓޯ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ