ރައްޔިތުން ދެން ބައެއް މެންބަރުން ބަލައެއް ނުގަންނާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަކީ ރައްޔިތުން މިހާރު ބަލައިގަންނަ ބޭފުޅުން ނޫން ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ މިއަދު މެންދުރު ކުރިއަށް ދިޔަ އާސްކު ސްޕީކާ ޕްރޮގްރާމްގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.އެ ޕްރޮގްރާމްގައި މީހަކު ވަނީ ރައީސް ނަޝީދު ކެމްޕެއިންކޮށްދެއްވައިގެން ހޮވި ވަޑައިގެންނެވި ބައެއް މެމްބަރުން މިހާރު އެމަނިކުފާނާ ދެކޮޅުވެ ފާޑުކިޔަމުންދާ އިރު ދެން އެ ބޭފުޅުންނާއެކު މަސައްކަތް ކުރައްވާނެތޯ ސުވާލުކޮށްފައެވެ.އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ އެފަދަ މަޖިލިސް މެމްބަރުން އެމަނިކުފާނަށް ފުރަގަސް ދެއްވައި ނަފްރަތު އުފައްދާތީ ދެރަވާ ކަމަށެވެ."ބައެއް މެންބަރުންނާ ހިޔާލުތަފާތުވުންތައް އުފެދޭ، ބައެއް މެންބަރުން ހިޔާލުތަފާތުވުމަށް ފަހު ނަފްރަތުގެ ނަޒަރުން ބަލާ ތަން އާދޭ، އާދެ އަޅުގަނޑު ވެސް [އެކަމާ] ދެރަވޭ، އެކަމަކު އަޅުގަނޑު މި ކުރަނީ ކޮން ކަމެއް ކަން ދެކިގެން އަޅުގަނޑު މިއުޅެނީ،" ކުރައްވަނީ ސިޔާސީ މަސައްކަތެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.އެ ބޭފުޅުންނާއެކު އިތުރަށް މަސައްކަތް ކުރެއްވުމާ މެދު ނަޝީދު ވިދާޅުވީ އަބަދުވެސް ސިޔާސީ މަސައްކަތް ކުރައްވަނީ ރައްޔިތުން ބަލައިގަންނަ މީހުންނާއެކުގައި ކަމަށާއި މަޖިލީހުގައި މިހާރު ތިއްބެވި ބައެއް އެމްޑީޕީ މެންބަރުންނަކީ "ރައްޔިތުން ބަލައިގަންނަ ބައެއް ނޫން" ކަމަށެވެ."އެ ބޭފުޅުން ގޮވައިގެން ރައްޔިތުންގެ ގާތަށް ދިއުމުގެ ފުރުސަތު މިއޮތީ ގެއްލިފައި،" ނަޝީދު ވިދާޅުވި އެވެ.ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ދެ ފެކްޝަނެއް ވަނީ އުފެދިފައެވެ.އެ ދެ ފެކްޝަންގެ ދެމުގައި ފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.ރައީސް ނަޝީދު ވިދާޅުވީ ރުޅި އަންނަ ކޮންމެ ފަހަރަކު މީހުންނަށް އެއްޗެހި ކިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ބައެއް މަޖިލިސް މެންބަރުން އެމަނިކުފާނަށް ފާޑު ވިދާޅުވީ ރައްދުގައި ވިދާޅުވީ "މޭވާ އަޅާ ގަހަކަށް ނޫނީ ގަޅި ނޫކާނެ،" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ