އެމްޑީޕީ ނިންދަވާފައެއް ނުުބޭއްވޭނެ ކަމަށާއި ޕާޓީގެ އަލުން ރުކުރުވާލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނ. ލަންދުށް މިއަދު ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ނިންދަވާފައި ނުބޭއްވޭނެ ކަމަށާއި ޕާޓީގެ ހުރިހާ ހަރަކާތްތައް މުޅި ރާއްޖޭގައި ރުކުރުވާލާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ނޫނީ ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ހުދުމުހުތާރު ކަމުން ކޮންޓްރޯލް ނެގިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހީފުޅުވާކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުހިނގާނެ ކަމަށާއި އެމަނިކުފާނުގެ ތާއީދު ފަސް ފަސެންޓަށް ތިރިކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”މި މަސައްކަތަށް އަޅުގަނޑުމެން ވަރަށް ފަރިތަވާނެ. މިކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރަން ޖެހޭ. ޕާޓީ އަލުން އަޅުގަނޑުމެން ކޮޅަށް ޖަހާނަން“
ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ޕްރޮޖެކްޓު އޮފީސް ގާއިމްކުރުމާއެކު ރަށްރަށުގައި މަސައްކަތްތައް ކުރިއަށް ގެންދަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކެއް ކުރާން މިހާރު މަޖުބޫރުވެއްޖެ ކަމަށާއި އެކަން ނުކޮށްފިނަމަ ދަރަނިވެރިވެ ރާއްޖެ ބިކަވެގެން ހިނގައިދައިނެ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވަނީ އެމްޑީޕީގެ ސިޔާސީ މަސައްކަތަށް ނިކުންނަ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަން ފާހަގަކުރައްވައިފައެވެ. ރައީސް މުއިއްޒުއަށް އެކަން އެހެން ނުކުރެވޭނެ ކަމަށާއި، އެކަން އެގޮތުގައި ކުރާނަމަ ރައީސް ވެރިކަމުން ބާލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ނިންދަވާފައެއް ނުބޭއްވޭނެ، ޕާޓީ ރުކުރުވާލާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ