ޕާކިސްތާނުގައި ހުންނަވާ ސަފީރުކަށް ސަލީމު އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި

ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް މ. މާހުރާ އަހުމަދު ސަލީމު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މ. މާހުރާ އަހުމަދު ސަލީމު ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ސަލީމު ވަނީ މީގެ ކުރިން ހިއުމަންރައިޓް ކޮމިޝަނުގެ ރައީސް ކަމާއި ސާކުގެ ސެކެޓްރީ ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.
ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު މީގެ ކުރިން ކުރައްވާފައި ވަނީ މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ