މިއަދު ކޮވިޑްގެ 136 ކޭސް، މާލެއިން 124

ކޮވިޑް-19އަށް މިއަދު ރާއްޖެއިން 136 މީހުން ޕޮޒިޓިވް ވެއްޖެ އެވެ. އޭގެ ތެރެއިން 124 މީހުންނަށް ބަލި ޖެހުނީ މާލޭ ސަރަހައްދުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި މާލޭ ސަރަހައްދުގެ އިތުރުން، ދެން ބައްޔަށް ޕޮޒިޓިވްވީ، ރިސޯޓުތަކުން ދިހަ މީހުންނާއި ރާއްޖޭން ބޭރުން އައި ދެ މީހެކެވެ. މިއަދު ވަނީ 4،262 ސާމްޕަލް ޓެސްޓުކޮށްފަ އެވެ.
ހޮސްޕިޓަލުތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު 186 އަށް އަރާފައިވާ އިރު އިއްޔެ ވެސް މީހުން ތިބީ މި އަދަދަށެވެ. އެކަމަކު މިއީ އޭގެ ކުރިއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 2،615 އަށް އަރައިފަ އެވެ.
ބަލީގައި މިއަދު ވެސް މީހަކު މަރުވެފައިވާއިރު ޖުމްލަ އަދަދު 63 އަށް އެރީ އެވެ.
ކޮވިޑް-19ގެ ތިން ވަނަ ރާޅާ ކުރިމަތިވެފައިވާއިރު ބަލީގެ ނުރައްކާ މިހާރު ވަނީ ބޮޑުވެފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދުު އިތުރުވެ، ސިއްހީ މާހިރުންނަށް ބާރުބޮޑުވެފަ އެވެ. އެއާއެކު، ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ