ބެކަމް އެއްމެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާ ކޮށްފި

އިންގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުތުބޯޅަ ތަރި ޑޭވިޑް ބެކަމް އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)އިން، އެއްމެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާ ކޮށްފިއެވެ.
ސެން ޖޯސް އަތުން 4-3 އިން ގެލެކްސީ ބަލިވި މެޗުގައި ބެކަމްގެ ފަރާތުން އަހުލާގި ގޮތުން ދަށް ކަންތަށްތަކެއް ފެނިފައިވާ ކަމަށް އެމްއެލްއެސްއިން ވަނީ ބުނެފައެވެ. އެގޮތުން ސެ ޖޯސްގެ ކުޅުންތެރިއެއް ކަމަށްވާ ސޭމް ކްރޮނިން ވެއްޓިފައި ވަނިކޮށް، ލަސް ކުރަނީ ކަމަށް ބުނެ ބެކަމް ވަނީ އޭނާގައިގައި ބޯޅައިން ޖަހާފައެވެ. އަދި މެޗު ނިންމާލުމަށް ކަށިގަނޑު ފުމުނުފަހުންވެސް އޭނާ ވަނީ އިދިކޮޅު ކުޅުނތެރިންނާ ޒުވާބު ކޮށްފައެވެ.
އެމްއެލްއެސްއެލްއިން ނެރުނު ބަޔާނެއްގައި ވާގޮތުން ބެކަމްގެ އަމަލުތަށް އެދުވަހު ހުރީ އާންމުންގެ ތެރޭގައި އެ ލީގުގެ އަގު ވެއްޓޭގޮތަށެވެ. އަދި މިކަހަލަ ކަންތައްތަކީ އެ އެސޯސިއޭޝަނުން ގަބޫލު ކުރާނޭ ކަންތައްތައް ނޫން ކަމަށްވެސް އެބަޔާނުގައި ވެއެވެ.
އުމުރުން 37 އަހަރުގެ ޑޭވިޑް ބެކަމް ވަނީ އަންނަ އޮލިމްޕިކް މުބާރާތުގެ ގްރޭޓް ބްރިޓަން ޓިމުންވެސް ބާކީ ކޮށްފައެވެ. އޮލިމްޕިކްގައި އިންގްލޭންޑްގެ ޓީމުގެ ކޯޗު ސްޓުއާޓް ޕިއާސް ބުނެފައިވަނީ، އެޓީމަށް ބޭނުންވަނީ ރަނގަޅު ފޯމުގައި ކުޅެވޭނެ ކުޅުންތެރިންކަމަށެވެ.
އެމްއެލްއެސްއިން ބެކަމް އެއް މެޗަށް ސަސްޕެންޑް ކުރިކަމަށް ހާމަކުރިނަމަވެސް، އޭނާ ޖޫރިމަނާކޮށްފައި ވަނީ ކިހާވަރަކުން ކަމެއް ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ