އެމްޓީޑީސީން މިއަހަރު ބާއްވަން ހަމަޖެއްސި ހާއްސަ ޖަލްސާ ނުބާއްވަން ނިންމައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އަސާސީ ގަވައިދަށާއި ހިންގާ ގަވައިދަށް ބަދަލު ގެނައުމުގެ އިތުރުން ކުންފުނީގެ ބޯނަސް ހިއްސާ ކަނޑައެޅުމަށް ބާއްވަން ހަމަޖެއްސި އެކްސްޓްރާ އޯޑިނަރީ ޖަލްސާ ނުބާއްވަން އެ ކުންފުނިން ނިންމައިފި އެވެ. އެމްޓީޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހާއްސަ ޖަލްސާއެއް ބާއްވަން ކަނޑައެޅި ނަމަވެސް ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން އެފަދަ ޖަލްސާއެއް ބޭއްވޭނީ ކުންފުނީގެ މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި ރުހުން ލިބިގެން ކަމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނީގައި 24،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭއިރު، އެފަދަ ކަމެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. ޓޫރިޒަމް ވިޔަފާރިކުރުމަށް އުފެއްދި ކުންފުނިން ބުނީ އެ ކުންފުނީގެ އަސާސީ ގަވައިދަށާއި ހިންގާ ގަވައިދަށް ބަދަލު ގެނައުމުގެ އިތުރުން ކުންފުނީގެ ބޯނަސް ހިއްސާ ކަނޑައެޅުމަށް ބާއްވަން ބައްދަލުވުން ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ. އެމްޓީޑީސީ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 1.2 މިލިއަން ޑޮލަރު )18.5 މިލިއަން ރުފިޔާ( ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ