ކޮވިޑާ ގުޅިގެން އަރައިފޭބުން މަނާކޮށްފައި އޮތީ 27 ރަށެއް

ކޮވިޑް-19އާ ގުޅިގެން މިވަގުތު 27 ރަށަކަށް އަރައިފޭބުން މަނާވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަރައިފޭބުން މަނާކުރި ކ. މާފުއްޓާއި ހއ އިހަވަންދޫއެވެ.
ދެން އޮތް 25 ރަށް މޮނިޓަރިންގ އަށް ލާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން މިހާރު މޮނިޓަރިންގ ގައި ހުރި ރަށްތަކަށް ބަލާލާއިރު ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ހދ. ނޮޅިވަރަމްފަރު މޮނިޓަރިންގ އަށް ލާފައިވާއިރު ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ށ. ފުނަދޫ، ބ. ދަރަވަންދޫ އަދި ދ. ބަނޑިދޫ އާއި ލ. ގަން ވަނީ މޮނިޓަރިންގ އަށް ގެނެސްފައެވެ.
ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ރ. އުނގޫފާރާއި ގދ ގައްދޫގެ އިތުރުން ހދ ހަނިމާދޫ އަދިވެސް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ.
ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކ. ގުރައިދޫ އާއި ބ. އޭދަފުށި ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހއ. ދިއްދޫ މޮނިޓަރިންގ އަށް ލިއިރު 21 ވަނަ ދުވަހު ތ.ގުރައިދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު 6 ރަށެއް މޮނިޓަރިންގ އަށް ލާފައިވެއެވެ. އެއީ ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫއެވެ.
23 ވަނަ ދުވަހު ނ. ކުޑަފަރި އަދި ގދ. ތިނަދޫ ވަނީ މޮނިޓަރިންގ އަށް ލާފައެވެ. 24 ވަނަ ދުވަހު 4 ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވެއެވެ. އެއީ ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ އަދި ދ. ހުޅުދެއްޔެވެ.
މޮނިޓަރިންގައި އޮންނަ ރަށްރަށަށް އަރައިފޭބުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ