ސުޝާންތުގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" ބަލަން ކެތްމަދުވެފަ ތިބީ ކޮންބައެއް؟

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގު ރާޖްޕޫތު ގެ އެންމެ ފަހު ފިލްްމު "ދިލް ބޭޗާރާ" ގެ ޓްރެއިލަރ މާދަމާ ރިލީޒް ވާނެ ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ބުނެފިއެވެ.
"ދިލް ބޭޗާރާ" ގެ ޑައިރެކްޓަރ މުކޭޝް ޗާބްރާ، އެފިލްމުގެ ޓްރެއިލާރ ދައްްކާނެ ދުވަހެއް ޓްވިޓަރ ގައި އިއުލާނު ކުރަމުން، އެފިލްމުގެ އައު ޕޯސްޓަރެއް ވެސް ވަނީ ހާމަކޮށްފައެވެ. އެޕޯސްޓަރުންް ވެސް ފެނިގެން ދަނީ ފިލްމުގެ ލީޑް ރޯލު ކުޅެފައިވާ ސުޝާންތާއި ބޮލީވުޑް އަށް އަލަށް ތަޢާރަފްވާ ސަންޖަނާ ސަންގީ އެވެ.
"ދިލް ބޭޗާރާ" ގެ ޓްރެއިލާރ މާދަމާ ރިލީޒް ވާނެކަން އިއުލާނު ކުރުމާއެކު ބެލުންތެރިން ވަނީ އެބެލުމަށް ކެތްމަދުވެފަ ތިބިކަން ހާމަކޮށްފައެވެ. އަދި ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑުކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ސުޝާންޓު މަރުވެފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު، ބާންޑްރާ ގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި އަމިއްލައަށެވެ. ނަމަވެސް އޭނާގެ މަރުގެ ފަހަތުގައި އެތައް ބަޔަކު ވާކަމަށް ބުނަމުންދާތީ ފުލުހުން ދަނީ އެކަން ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ