ދިވެހި ދައުލަތް ބަނގަރޫޓުވީ ރައީސް ސޯލިހްގެ ނާޤާބިލްކަމުން: އަދުރޭ

ދިވެހި ދައުލަތް ބަނގަރޫޓުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނާޤާބިލް ކަމުގެ ސަބަބުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.ޑޮލަރުގެ އަގު މަތިވީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވާތީ އެ ވާހަކައަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ ދިވެހި ދައުލަތް ބަނގަރޫޓުވީ ރައީސް ސޯލިހްގެ ނާޤާބިލް ކަމުން ކަމަށާއި، ހަޒާނާއިން އިންތިހާއަށް ވައްކަން ކުރާތީ ކަމަށެވެ. އަދި ޑޮލަރުގެ އަގު މައްޗަށް ދިޔައީ އިޤްތިސާދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ކަމަށް އަދުރޭ ވިދާޅުވިއެވެ."މީ އެމްޑީޕީ އިން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކުވެސް ކަން ހިނގާގޮތް، މިއީ ފެންނަން އޮތް ހަގީގަތް" އަދުރޭ ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގެ ކަޅު ބާޒާރުގަިއ ޑޮލަރުގެ އަގު 19 ރުފިޔާއަށް އަރާފައިވާއިރު ރާއްޖޭގެ އިޤްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކުގައި މަދުވެފައިވާއިރު މިހާރު ސަރުކާރު ހިންގަނީ ފައިސާ ޗާޕުކޮށްގެންނެވެ. މިހުރިހާ ކަމަކަށްވެސް ދިމާވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ވެރިކަން ކުރާ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ