މެދުރާސްތާގެ ފިސްކަލް އަދި ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން މަޝްވަރާކޮށްފި

މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މިބަޔާނަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވުނު ބަޔާނެކެވެ.
މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ޖަލްސާގައި، މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރައްވައި، މިހާރުގެ ހާލަތަށް ބައްލަވައި އެ ބަޔާންތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށް މެންބަރުން ޚިޔާލުފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މީގެއިތުރަށް ކޮވިޑް-19 ގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ވާހަކަފުޅު ދައްކަވައި، މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ