100،000 ރުފިޔާގެ ޖޫރިމިނާއާއެކު ޕެސްޓިސައިޑުގެ ބިލު ތަސްދީގު ކުރައްވައިފި

ބައެއް ކުށްތަކުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއާއިި 100،000 ރުފިޔާއާ ދެމެދުގެ ޢަދަދުން ޖޫރިމަނާކުރާގޮތަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލުގައި ޕެސްޓިސައިޑް ބޭނުންކުރުމުގައި ޢާންމު ސިއްހަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާގުޅޭ ސިޔާސަތުތަކާއި، އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނުގެ ދަށުން ޕެސްޓިސައިޑާބެހޭ ކަންތައްތައް އެންމެރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، އެގްރިކަލްޗަރ މިނިސްޓްރީގައި ޤާއިމުކުރަން ޖެހެއެވެ.
ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައްވެސް މިޤާނޫނުގެ ދަށުން ޤާއިމްކުރަންޖެހެއެވެ.
މި ބިލު 72 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކުރީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ