ރައީސް ސޯލިހާއި ރައީސް ނަޝީދު ޔޫއޭއީ އަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔުނައިޓެޑް އަރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަހްދު، ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަހްދުގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު މިހާރު އަދާކުރައްވަމުން ގެންދަވާ ރަސްމީ ޒިންމާގެ ތެރެއިން މިއީ މި ދެ ބޭފުޅުން އެކުގައި ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ