މުދަލު ޒަކާތް ބެހުން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބެހުން މިއަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބެހުން މިއަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމުގައެވެ.
އިއުލާނުގައި ވާ ގޮތުން، މުދަލު ޒަކާތް ބެހުމަށް ހަމަޖައްސާފައިވަނީ ބުދަ އަދި ބުރާސްފަތި މި ދެ ދުވަހުގެ ވެސް 09:30 އިން 14:30 އަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ފިޔަވައި އެހެން ރަށްރަށުގައި މުދަލު ޒަކާތް ބަހާނެ ދުވަސް ކަނޑައެޅުމާއި އެކަމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ